ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދާނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސަރުކާރުގެ މައި ދެ ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ ޚިދުމަތްތަކެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ހަލީމް ވިދާޅުވެއްޖެއެވެ.
”ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް“ގެ ޚިދުމަތްތައް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ މިއަހަރު ތެރޭގައި ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާލޭގެ ދެވަނަ އާރބަން ހެލްތު ކެއަރ ސެންޓަރު ޤާއިމްކުރުމާއި، ލެބޯޓްރީގެ ފްލެބޮޓޮމޯ ޚިދުމަތްތައް ގްރައުންޑް ފްލޯއަށް ބަދަލުކުރުގެ މަސައްކަތް ހިމެނޭ ކަމަށް ހަލީމް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ކުރުމަށް ރޭވިފައިވާ ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލާނަން. މީގެ ތެރޭގައި ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ ޤާއިމްކުރުމާއި، ޓެމްޕަސް ސިސްޓަމް މެދުވެރިކޮށް ލޭގެ ސާމްޕަލްތައް އުފުލުމުގެ ނިޒާމު ޤާއިމްކުރުން ހިމެނޭ. ހަމައެއާއެކު އައިޖީއެމްއެޗުގެ ވޯޑުތައް ބަލި މީހުންނަށް އެކަށޭނަ ގޮތަށް އަލުން ފަރުމާކުރުން ހިމެނޭ“ ސީއީއޯ ހަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ހަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ކެތު ލެބް ޤާއިމްކުރުމާއި، އިންޓެންސިވް ކެއަރ ޔުނިޓުގެ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.



