މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިތައް ރައީސް އޮފީހުން މިއަދު އިއުލާނު ކޮށްފިއެވެ.
އެ އޮފީހުން ވިދާޅުވީ، ކުރިންވެސް ހަމަޖައްސާފައިވާ ގޮތަށް މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.
ނަމަވެސް މިއީ ހަމައެކަނި ސަރުކާރު އިދާރާތަކަށް ހަމަޖައްސާފައިވާ ގަޑިތަކެވެ. އަމިއްލަ ފަރާތްތަކުން ހިންގާ ކުންފުނިތަކާއި އިދާރާތަކުގެ މަސައްކަތު ގަޑި ހަމަޖައްސާނީ އެތަނެއް ހިންގާ ފަރާތަކުންނެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރު އިދާރާތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ހަމަޖައްސަވައި، އެކަމާބެހޭ ދެންނެވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައި ވަނީ 2022 މާރިޗު 6 ގައެވެ.



