ސިއްހަތަށް ނުރައްކާވާ މިންވަރަކަށް ވައިނުސާފުވެފައިވާ ކަމަށާއި މިއަދު މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެތީ ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް، ހާއްސަކޮށް މެދުރާއްޖެތެރޭގެ ހިސާބުތަކަށް ކުރަމުންދާ ކަމަށެވެ.
އެގޮތުން ދުރު ފެންނަ މިންވަރު މޫސުމާ ބެހޭ ރިޕޯޓުތަކުގައި ތިން ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓް ކުރަމުންދާ ކަމަށް ވެސް މެޓުން ބުންޏެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާ އެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަަމަށް ވެސް މެޓުން ބުންޏެވެ.
ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ދިގުމުއްދަތަށް ކުރާ އަސަރުތައް:
° ނޭވާހިއްލުމާއި ސީއޯޕީޑީ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް
° ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުން
° ސިކުނޑި އާއި ނާރުގެ ބަލިތައް (ވިސްނުމުގެ ބާރު ދަށްވުން ފަދަ މައްސަލަތައް)
° ބައެއް ބާވަތުގެ ކެންސަރު ޖެހުން
° މާބަނޑު ދުވަސްވަރު ދިމާވާ ބައެއް ސިއްހީ މައްސަލަތައް
ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން




