ދުންފުހުންގެ އަސަރު މާލެ ސަރަޙައްދުގައި މިއަދު ވެސް ހުރީ ނުރައްކާ މިންވަރަށް ކަމަށާއި ދުންފުހުގެ އަސަރު މުޅި ރައްޖެއަށް ކޮށްފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ދުންފުހުންގެ އަސަރު މިއަދު މާލެ ސަރަޙައްދުގައި 2 ކިލޯމީޓަރަށް ދަށްވެފަވާކަމަށާއި ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް ދުން ފުހުންގެ އަސަރު ނުރައްކާ މިންވަރަށް ކުރާނެކަމަށެވެ.
އެގޮތުން މިއަދު އެންމެ ބޮޑަށް ވައި ނުސާފީ މާލެ ސަރަޙައްދަށެވެ. އެންމެ ބޮޑަށް ވައި ނުސާފީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށެވެ.
ދުރު ފެންނަ މިންވަރު:
° މާލެ – 2 ކިލޯމީޓަރު
° ހަނިމާދޫ – 3 ކިލޯމީޓަރު
° ކައްދޫ – 4 ކިލޯމީޓަރު
° އައްޑޫ – 7 ކިލޯމީޓަރު
ކޮންމެއަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.




