ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް އޮޕަރޭޝަންސްތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އަށް ބަދަލުކުރުމާ ގުޅިގެން، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް މިއަދު ގެނެސްފިއެވެ.
އެމްއޭސީއެލް އިން ބުނީ، ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަންސްތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމާ ގުޅިގެން، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް މިއަދުން ފެށިގެން ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތަކަކީ:
° ޑޮމެސްޓިކް ޓާމިނަލުން އަންނަ ޕަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުން ކުރާނީ ޓާމިނަލް 1 (އާ ޓާމިނަލް) ގެ ޓެކްސީ ކިއު.
° ޑޮމެސްޓިކް ޓާމިނަލަށް ޕަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) ކުރިމައްޗަށް.
° މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ޕަސިންޖަރުން ބޭލުމަކީ މަނާކަމެކެވެ.
އެމްއޭސީއެލް އިން ބުނީ، މި ބަދަލާއެކު އެއާޕޯޓުގެ ބަސްރޫޓުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
އެހެންކަމުން އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކުން މި ބަދަލުތަކަށް ސަމާލުކަން ދިނުމަށް އެމްއޭސީއެލް އިން އިލްތިމާސް ކޮށްފައިވެއެވެ.



