މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނަށް ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
އެކުންފުނީގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާ ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އެވެ.
ހައްޖުގެ އަޅުކަމަށް ދާން ފުރުސަތު ލިބުނު މުވައްޒަފުން:
- އިލްޔާސް މުހައްމަދު – އެސިސްޓަންޓް އެގްޒެކުޓިވް
- އަޙްމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއާ
- އަހްމަދު އުންމީދު – ސާވިސް އިންޖިނިއާ
- މުހައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކުޓިވް
- ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކުޓިވް
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ސީއީއޯ ދެއްކެވި ވާހަކަފުޅުގައި،ޙައްޖު ދަތުރު ލިބުނު މުވައްޒަފުންނަށް މަރުޙަބާ ދަންނަވައި، މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންނެވި އެވެ.
އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 5 މުވައްޒަފަކަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް، އަދި 3 މުވައްޒަފުން ޢުމްރާގެ އަޅުކަމަށް ކުންފުނީގެ ޚަރަދުގައި ފޮނުވައެވެ.



