މިއީ ”ލޮނުމެދު“ ޕޭޖުގައި އިން ރެސިޕީއެއްގެ ދިވެހި ތަރުޖަމާއެވެ.
ރޯދަ ވީއްލަން ފޮނި ކާ އެއްޗެއް ކާން ބޭނުންވާ ފަރާތްތަކަށް ހަމަޔަގީނުން ވެސް މިއީ ވަރަށް ފުރިހަމަ ކެއުމަކަށް ވާނެއެވެ.
ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:
° 100 ގްރާމް ކެޑްބަރީ މިލްކު ޗޮކްލެޓް
° 5 މޭޒުމަތީ ސަމްސާ މައިލޯ
° 1 ޖޯޑު ކިރު
° 1/2 ޖޯޑު ފެން
° 1 ޕެކެޓު މާރީ ބިސްކޯދު
ތައްޔާރުކުރާނެ ގޮތް:
° އެންމެ ފުރަތަމަ ޗޮކްލެޓުކޮޅު ރަނގަޅަށް ތަވައެއްގައި ހޫނުކޮށްގެން ދިޔާކޮށްލާށެވެ.
° އެއަށްފަހު މައިލޯކޮޅު ފެނުގައި ގިރާލާފައި އޭގެ ތެރެއަށް ކުރިން ދިޔާކުރި ޗޮކްލެޓުކޮޅު އެއްކޮށްލާފައި ގިރާލާށެވެ. ގަނޑުކޮށް އެއްވެސް އެތިކޮޅެއް ނުހުންނަ ވަރަށް ގިރާލަން ވާނެއެވެ.
° ދެން ފަހަރަކު އެއް މާރީ ބިސްކޯދު ނަގައި، ކިރަށް ލާއި ފޯކޮށްލާށެވެ. ނަމަވެސް މާބޮޑަށް ބިސްކޯދުކޮޅު ފޯ ނުކުރަން ސަމާލުކަން ދޭން ވާނެއެވެ.
° ބިސްކޯދުކޮޅު ފޯ ކުރަމުންދާ ވަރަކުން ޓްރޭ އެއްގައި ރީތިކޮށް އަތުރާލަން ވާނެއެވެ. ފުރަތަމަ ލޭޔަރަށް އެތުރުނީމަ، ކުރިން އެއްކުރި ޗޮކްލެޓާއި މައިލޯކޮޅު އެ ބިސްކޯފު ލޭޔަރުގެ މައްޗަށް އަޅާފައި ރީތިކޮށް ފަތުރާލާށެވެ.
° މިފަދައިން ދެން ބިސްކޯދު އަތުރަމުން، ޗޮކްލެޓުކޮޅު ފަތުރާލަމުން ގެންދާށެވެ. ގާތްގަނޑަކަށް 2 ލޭޔަރު ނުވަތަ 3 ލޭޔަރަށް ފެތުރުމުން މައްޗަށް އެންމެ ފަހު ޗޮކްލެޓުކޮޅު އެޅުމަށްފަހު ރަނގަޅަށް ސެޓްވަންދެން ފްރިޖަށް ލާފައި ބަހައްޓާށެވެ. އެކަމަށްޓަކައި ގާތްގަނޑަކަށް 3 ގަޑިއިރު ނަގާނެއެވެ.
° ރަނގަޅަށް ސެޓް ވުމުން މައިލޯ ކެޑްބަރީ ޗޮކްލެޓް ބިސްކޯދު ޕުޑިންގް ތައްޔާރުވީއެވެ.




