މި ރަމަޟާން މަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ޚިދުމަތްތައް ދޭ ގަޑިތައް އެ ހޮސްޕިޓަލުން އާންމުކޮށްފިއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަސް، ނުވަތަ ހަ ރޯދަ ނިމޭ ދުވަހުގެ ނިޔަލަށް ހުރިހާ ޑިޕާޓްމަންޓުތަކުގެ ކައުންޓަރުތަކުން ހެނދުނު 8:30 އިން މެންދުރު ފަހު 2:30އަށް ޚިދުމަތް ދޭނެއެވެ.
ލެބޯރެޓަރީގެ ޚިދުމަތްތައް ދޭ ގަޑިތަކަށް ބަލާއިރު، ގަވާއިދުން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ނަގައި ބަލައިގަންނާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.
އަދި، ބޭރަށް ފޮނުވައިގެން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ބަލައިގަންނާނީ އާދީއްތަ ދުވަހާއި ބުދަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށް، އަދި ހުކުރު ފިޔަވައި ދެން ބާކީ ދުވަސްތަކުގައި ހެނދުނު 8:00 އިން ފެށިގެން 10:00 އާ ހަމައަށެވެ.
މީގެއިތުރުން އެކްސްރޭ ހެދުން ހެނދުނު 8:00 އިން މެންދުރުފަހު 2:30 އަށް، އަދި ސީޓީ ސްކޭނާއި އެމްއާރުއައިއާއި އަލްޓްރާސައުންޑް ސްކޭނާއި މެމޯގްރާމާއި ބީއެމްޑީ ހެދުން ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 ވަންދެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
އައިޖީއެމްއެޗުން ބުނީ، އެމަޖެންސީގެ ޚިދުމަތްތައް ރަމަޟާން މަހު ވެސް މެދުނުކެނޑި 24 ގަޑިއިރު ދެމުން ގެންދާނެ ކަމަށެވެ.




