ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ އެޕް، ވީޗެޓް ގެ ވީޗެޓް ޕޭ ބޭންކް އޮފް މޯލްޑިވްސް ގެ (ޕީއޯއެސް) ޓާރމިނަލް ނެޓްވޯކުގައި ބޭނުން ކުރެވޭ ގޮތް އެ ބޭންކުން ހަމަޖައްސައިފިއެވެ.
ބީއެމްއެލް ގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، ބޭންކުން ވީޗެޓު ޕޭ ބަލައިގަތުމުގެ ޚިދުމަތް ފެށުމާއިއެކު، އެ އެޕް ބޭނުން ކުރާ 1 ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ގާއިމުވެފައިވާ ވިޔަފާރިއަކަށްވެސް ފައިސާ ދެއްކޭނެ ގޮތް މިވަނީ ފަހިވެފައި ކަމަށެވެ.
އަދި ބީއެމްއެލް ގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުން ކަމަށްވެސް މޫސާ ވިދާޅުވިއެވެ.
މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓު ގޭޓްވޭ މެދުވެރިކޮށް އެކަނިއެވެ.




