މި ފެށުނު ރަމަޟާން މަހު ދުވާލު މަގުމަތީގައި ކައިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ވާދޫ/ ޖަވާހިރުމާގެ. ރާއިފް އަލީ(25އ.) އަދި ސ. ފޭދޫ/ ޔެލޯ ހައުސް، މުހައްމަދު ޝިއުނީޒް(41އ.) ކަމަށެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ރާއިފް ވަނީ މަގުމަތީގައި ޗުވިންގަމެއް ކައިފައެވެ. ނަމަވެސް ޝިއުނީޒް ހައްޔަރުކުރި މައްސައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެ ދެ މީހުންގެ ވެސް ބަންދާއި ހައްޔަރުގެ ރެކޯޑް އޮންނަ ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.
އެ މައްސަލައިގައި ރާއިފްގެ ބަންދަށް ހަތް ދުވަސް އަދި ޝިއުނީޒްގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ.



