މީހަކު ރަހީނުކޮށްގެން ގެންގުޅެ، އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައިވާ ގޮތުގައި، މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އިގްބާލް މިއާ ކިޔާ އުމުރުން 35 އަހަރުގެ މީހެކެވެ.
ބަންދު އަމުރުގައިވާ ގޮތުން، ބިދޭސީ މީހަކު ރަހީނުކޮށްގެން ގެންގުޅެ، އޭނާއަށް އަނިޔާކުރުމުގެ ތުހުމަތު އިގްބާލްގެ މައްޗަށް ވަނީ ކޮށްފައެވެ. އޭނާ ކުށް ކުރި ކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ވެސް ބަންދު އަމުރުގައިވެއެވެ.
އިގްބާލް މިއާ ރާއްޖޭގައި އުޅެނީ ގަވައިދާ ޚިލާފަށް ކަމަށް ފާހަގަކޮށް، ކޯޓުން ވަނީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަވެދާނެ ކަމަށް ފެންނަ ކަމަށް ވެސް ފާހަގަކޮށްފައެވެ.
އެހެންވެ، އޭނާ އިއްޔެއިން ފެށިގެން 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



