އައްޑޫސިޓީ ފޭދޫގައި މަސައްކަތްކުރާ ޝްރީ ލަންކާ މީހަކު މިއަދު އިސްލާމްވެއްޖެއެވެ.
އެ ރަށުގެ ނަޔާ ސެލޫނުގައި މަސައްކަތް ކުރަމުން އަންނަ ޖަޔަސިންހާ އަރަޗިގެ ވަރުނާ ޕްރަބާތު ސަދަރުވާން ކިޔާ އެ މީހާ، އިސްލާމްވީ މިއަދުގެ އަސުރު ނަމާދަށް ފަހު ފޭދޫގެ ބޮޑު މިސްކިތުގައެވެ.
އޭނާ އިސްލާމްވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާއަށް ޝަހާދަށް ލައިދީފައި ވަނީ އެ މިސްކިތުގެ އިމާމެވެ.
އެ މީހާ އިސްލާމްވި ޚަބަރު ސޯޝަލް މީޑިއާގައި އާންމުކޮށް، މިޝްކަތު ފައުންޑޭޝަނުން ބުނީ، އިސްލާމްވުމަށްފަހު އޭނާގެ ނަން އަބްދުﷲ އާދަމްއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ކ. ދިއްފުށީގައި ޗުއްޓީ ހޭދަކުރަން ދިޔަ ބޭރުގެ އަންހެން ޓޫރިސްޓަކު ވެސް ވަނީ އިސްލާމްވެފައެވެ.




