މި ފެށޭ ދިރާސީ އައު އަހަރު ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އެއާ ކޮންޑިޝަން ހަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ބައެއް ސްކޫލު ތަކުގައި އާދަޔާ ހިލާފަށް ހޫނުގަދަވުމާއި ގުޅިގެން ފަންކާ ގަންނަން ސްކޫލުތަކުން ބެލެވެރިންނަށް މެސެޖު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ސްކޫލުތަކާއި ބެލެނިވެރިންގެ މި ކަންބޮޑުވުންތަކައް އިޖާބަދެއްވާ ސްކޫލުތަކުގައި އެއާ ކޮންޑިޝަން ހަރުކުރަން ރަައީސް ނިންމެވިކަން އިއުލާން ކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިއަދު ވިދާޅުވީ ރައީސް ގެ ލަފާފުޅުގެ މަތިން ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މި ހިނގާ މޭ މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައިވެސް ސްކޫލުތަކުގައި ހޫނުގަދަވެ ކިޔަވައިދިނުމަށް ދަތިވާތީ ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އޭރުގެ ސަރުކާރުން ސްކޫލުތަކުގައި އޭސީ ހަރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ދުނިޔެއަށް އަންނަ މޫސުމީ ބަދަލާއި ގުޅިގެން ރާއްޖޭގެ ހޫނުމުން އެއް ދުވަހުން އަނެއް ދުވަހަށް މަތިވަމުންދާ މި ދުވަސް ވަރު، އޭސީ ނެތް ސްކޫލުތަކުގައި ދަރިވަރުން ކިޔަވަން ތިބެނީ ދިލަ ހޫނުގައި ކަމަށް ޓީޗަރުން ބުނެފައިވެއެވެ.
އޭޕްރިލް މަހު ސަރުކާރު ސްކޫލެއްގެ ޓީޗަރަކު މީސްމީޑިއާގައި ޕޯސްޓު ކުރި ފޮޓޯއެއްގައި ސްކޫލު ދަރިވަރެއްގެ ޔުނިފޯމު ތެމި ގައިގައި ތަތްލާފައި ހުރި މަންޒަރު ފެންނަން ހުއްޓެވެ. އެ ޓީޗަރު ބުނި ގޮތުގައި އެއީ އެ ދުވަހު 1 ޖަހާއިރު ޓެސްޓު ހެދުމަށް ހޯލަށް ވައިން ދަރިވަރަކު 10 މިނެޓު ފަހުން އިން ހާލެވެ.
ރާއްޖޭގައި ބައެއް ޕްރައިވެޓު ސްކޫލުތަކުގައި އޭސީ ހަރުކޮށްފައި ހުރި ނަމަވެސް، ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ހުންނަނީ ހަމަ އެކަނި ފަންކާއެވެ.





1 Comment
ސާބަހޭ ތިޔައީ ޒައީމޭ އަދު ލޮބުވެތި މި ގައުމު ފަހުރުވެރިވާ