ވިލިމާލޭގައި އަލުން ބަގީގެ ހިދުމަތް ފަށަން ނިންމައި އެ ހިދުމަތް ދޭން ބޭނުންކުރާނެ ބަގީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނީ ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ހިދުމަތް ތައާރަފު ކުރުމަށް، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށައި ބީލަން ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
މީގެ ކުރިން އޭޕްރީލް 2023 ގައި ވެސް ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށި އެވެ. އޭރު އެ ހިދުމަތް ފެށީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭ މޭޔަރު ކަމުގައި ހުންނަވައިގެންނެވެ.
ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ނުދެވި، ބަގީގެ ހިދުމަތް ފަހުން އޮތީ ހުއްޓިފައެވެ.




