ރައީސުލްޖުމްޙޫރިއްޔާއަށާއި ސަރުކާރަށް ބޭނުންވާ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއަށް މެންބަރުން ހޯދުމަށް ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައިފިއެވެ.
މެންބަރުން ހޯދުމަށް ރައީސް އޮފީހުން އަލުން ހުޅުވާލި ކޮމެޓީތަކަކީ، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ގާއިމްކުރާ ’ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ“ އާއި މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ގާއިމްކުރުމަށް ގާއިމްކުރާ ”ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ“ އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ގާއިމްކުރާ ”ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ“ އެވެ.
މި ތިން ކޮމިޓީތަކުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ފުރަތަމަ ހުޅުވާލީ މި ހިނގާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.
އޭގެފަހުން އެ ފުރުސަތު އިތުރުކޮށް ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، އިތުރު ފުރުސަތު ދިނުމުގެ ގޮތުން އަންނަ މަހުގެ ތިނެއްވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވާކަމަށެވެ.
° ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ:
– މަސްވެރިން – 2 މެންބަރުން
– އޮޑިވެރިން – 2 މެންބަރުން
– ކެޔޮޅުން – 2 މެންބަރުން
– މަސްވެރިކަމާއި މެރިކަލްޗާގެ އިލްމީ/ފަންނީ ތަޖުރިބާކާރުން – 2 މެންބަރުން
– މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން (އިންޑަސްޓްރިއަލް އޮޕަރޭޓަރުން، ޕްރޮސެސިންގ ފެސިލިޓީތައް، އެކްސްޕޯޓަރުން، އެކުއަކަލްޗާ / މެރިކަލްޗާ ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތައް) – 3 މެންބަރުން
° ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ:
– ހޮސްޕިޓަލިޓީ އެންޑް ގެސްޓް ސަރވިސަސް – 1 މެންބަރު
– ފުޑް އެންޑް ބެވަރެޖް – 1 މެންބަރު
– ހައުސް ކީޕިން – 1 މެންބަރު
– ރެކްރިއޭޝަން އެންޑް އެންޓަރޓެއިންމަންޓް – 1 މެންބަރު
– މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން – 1 މެންބަރު
– ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް – 1 މެންބަރު
– ސަފާރީތަކާއި ލިވްއަބޯޑް އަދި ބެއަރބޯޓްގެ ޚިދުމަތްދޭ ފަރާތްތައް – 2 މެންބަރު
° ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ:
– މި ކޮމިޓީއަށް 13 މެންބަރުން އައްޔަންކުރަން ވަނީ ނިންމާފަ.




