މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 464،819 ރުފިޔާ ރިކަވާކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން ވަނީ ހެންވޭރާއި ގަލޮޅު އަދި މާފަންނު ޕޮލިސް ސްޓޭޝަނުން ފާއިތުވި 48 ގަޑިއިރު ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސްހިސާބުތަކުގައިވާ ގޮތުން ގަލޮޅު ޕޮލިހުން ވަނީ އެކި މައްސަލަތަކުގައި ގެއްލުނު 365،099 ރުފިޔާ ރިކަވާކޮށްފައެވެ. އަދި ހެންވޭރު ޕޮލިހުން 65،000 ރުފިޔާ ވެސް ރިކަވާކޮށްފައިވެއެވެ.
މާފަންނު ޕޮލިހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 138،552ރ. ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 34،720ރ. މިހާރު ވަނީ އަނބުރާ ހޯދައިދީފައެވެ. މާފަންނު ޕޮލިހުން ވަނީ މަގުމަތިން 256 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އަދި 777 ލޮކޭޝަނެއް ބަލާފައިވާއިރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެެ.
ހެންވޭރު ޕޮލިހުން ވަނީ 146 މީހަކު މަގުމަތިން ހުއްޓުވައި 752 ލޮކޭޝަނެއް ބަލައިފައެވެ. އަދި މިކަމުގައި އެކަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
ގަލޮޅު ޕޮލިހުން މަގުމަތިން 151 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށާއި 738 ލޮކޭޝަނެއް ވެސް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ގަލޮޅު ޕޮލިހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
މާފަންނު ޕޮލިހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 138،552ރ. ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 34،720ރ. އަނބުރާ ހޯދައިދީފައިވެއެވެ.




