އީ-ކޮމާސް ވެބްސައިޓްތަކުގައި ދިވެހިން ކުރާ މުއާމަލާތްތައް ބޮޑުތަނުން އިތުރުވެފައިވާއިރު، އެމޭޒަން އަދި އަލިއެކްސްޕްރެސްގައި ދިވެހިން މިއަހަރުގެ މިހާތަނަށް 2 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފިއެވެ.
ބީއެމްއެލްއިން ރޭ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިއަހަރުގެ 1 ޖެނުއަރީން 21 ފެބުރުއަރީގެ ނިޔަލަށް ހަމައެކަނި އެމޭޒަން އަދި އަލިއެކްސްޕްރެސްގައި:
° 58،000 މުއާމަލާތްކޮށްފައިވޭ
° އެ މުއާމަލާތްތަކުގެ އަގު 2.33 މިލިއަން ޑޮލަރަށް އަރާ (46.6 މިލިއަން ރުފިޔާ)
މިއީ އަހަރުން އަހަރަށް ބަލާއިރު %64ގެ އިތުރުވުމެކެވެ. މީގެ އިތުރަށް ވެސް އަހަރުން އަހަރަށް ބަލާއިރު ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ކާޑުތަކުންކޮށްފައިވާ މުއާމަލާތްތައް އިތުރުވެފައިވާ ގޮތްތަކަކީ:
° 2023: 311 މިލިއަން ޑޮލަރު
° 2024: 389 މިލިއަން ޑޮލަރު
° 2025: 524 މިލިއަން ޑޮލަރު
°2026 ޖެނުއަރީއާ ހަމައަށް: 59 މިލިއަން ޑޮލަރު



