ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ހުޅުމާލޭގައި ދިރިއުޅޭ އެ ސްކޫލްގެ ދަރިވަރުންނަށް ބަހުގެ ހިދުމަތްދޭން ފަށަން ނިންމައިފި އެވެ.
ވިލާ ހައިސްކޫލުން ބުނީ ބަހުގެ ޚިދުމަތް އަންނަމަހުގެ އެއްވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި، ފުރަތަމަ އެ ޚިދުމަތް ފަށާނީ ތިން ބަސް ބޭނުންކޮށްގެން ކަމަށެވެ. މިޚިދުމަތަށް ކުދިން އަތުން ނަގާނެ ފީއެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ބަހުގެ ޚިދުމަތް ފަށަނީ ކޮންޓްރެކްޓް އުސޫލުން އަމޫ ޕްލަސް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. އިއްޔެ ވަނީ އެކުންފުންޏާއެއް ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ވިލާ ހައި ސްކޫލުން ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަ ބަސްދަތުރުތަކެއް ފަށަނީ އެކުދިންނަށް މާލެ ދަތުރުކުރުމުގައި ހުރި ދަތިތައް ހައްލުކުރުމާއެކު، ސްކޫލަށް ދިއުމަށް ކުރާ ދަތުރަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރި ދަތުރަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ވިލާ ހައިސްކޫލުން ބުނެފައި ވެއެވެ.


