މިއީ ރޮށި ނުވަތަ ފަރާޓާ ބޭނުން ކޮށްގެން ތައްޔާރުކޮށްލެވޭނެ ވަރަށް މީރު އެއްޗެކެވެ.
ރޯދަ ވީއްލުމަށް މިއީ ހަމަޔަގީނުންވެސް ވަރަށް ކަމުދާނެ ޑިޝްއަކަށް ވާނެއެވެ.
ބޭނުންވާނެ ތަކެތި:
° 2 މޭޒުމަތީ ސަމުސާ ބަޓަރު
° 4 މޭޒުމަތީ ސަމުސާ ތެޔޮ
° 1 ފިޔާ ކުދިކޮށް ކޮށާލާފަ
° 3 ފިށް ލޮނުމެދު ކުދިކޮށް ކޮށާލާފަ
° 1/2 1 މުގުރި މިރުސް
ަ° 1/2 މުގުރި ދިރި
° 1 ޓޮމާޓޯ ކުދިކޮށް ކޮށާލާފަ
° 2 މޭޒުމަތީ ސަމުސާ ތާޒާ ކޮރިއަންޑަރ ކުދިކޮށް ކޮށާލާފަ
° 1/2 2 ޖޯޑު ކުކުޅު(ކަށި ނެތް ކުކުޅު ފައިގެ މަސް) ކުދިކޮށް ކޮށާލާފަ
° 1 ޖޯޑު ގާނާފަ ހުރި ޗީޒް
° 4 ރޮށި ނުވަތަ ފަރާޓާ ނުވަތަ ޓޯޓިލާ
° ރަހަލާ ވަރަށް ލޮނު އަދި އަސޭމިރުސް
ހަދާނެ ގޮތް:
° އެންމެ ފުރަތަމަ، ބަޓަރު އަދި ތެޔޮފޮދު ހޫނުކޮށްލުމަށްފަހު ކުކުޅުކޮޅު އަޅާލާށެވެ. ދެބައި ކުޅަ އެއް ބަޔަށް ރޯފިލުވާލުމަށްފަހު ފިޔާ، ލޮނުމެދު، މުގުރި ދިރި އަދި މުގުރި މިރުސް އަޅާ އުނދުންމަތީގައި ރަނގަޅަށް އެއްކޮށްލާށެވެ.
° ފަސްވަރަކަށް މިނެޓް ކައްކާލުމަށް ފަހު ތާޒާ ކޮރިއަންޑަރ އަދި ޓޮމާޓޯކޮޅު އަޅާލާށެވެ.
° އެއަށް ފަހު ލޮނު އަދި އަސޭމިރުސް އަޅާ ރަހަ ހެޔޮވަރު ކޮށްލުމަށްފަހު އިތުރު 2 މިނެޓްވަރު ވަންދެން ކައްކާލާށެވެ. އެއްއަށްފަހު ޗީޒް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
° ތައްޔާރުކޮށްލި މަސްގަނޑު ރޮށި ނުވަތަ ފަރާޓާ ގެ ތެރެއަށް އަޅާ ރޯލް ކޮށްލުމަށްފަހު ތެލުލާށެވެ. ރޯލް ކުރާނީ ކީމިޔާ ރޯލް ކުރާ ގޮތަށް އެތެރެއަށް ތެޔޮ ނުވަންނަ ހެނެވެ. ބޭނުން ނަމަ ތެލުލުމުގެ ބަދަލުގައި އަވަނުން ފިހެލައިގެން ވެސް ބޭނުން ކުރެވިދާނެއެވެ.



