މިދިޔަ އަހަރު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިއީ އޭގެ ކުރީ އަހަރަށް ވުރެ 9.8 ޕަސެންޓް އިތުރު އަދަދެކެވެ. ބީއެމްއެލްގެ ޖުމްލަ އެސެޓް ވަނީ 56 ބިލިއަން ރުފިޔާ އިތުރުވެފައެވެ.
ބީއެމްއެލް އިން ބުނީ، މިދިޔަ އަހަރަކީ އެ ބޭންކަށް ރެކޯޑު މާލީ ނަތީޖާއެއް ލިބުނު އަހަރެއް ކަމަށާއި އެ ކުރިއެރުން ލިބުނީ، އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި ހިދުމަތް ފުޅާކުރުމަށް މިދިޔަ އަހަރު މުހިއްމު މަސައްކަތްތަކެއް ކުރެވުނު ކަމަށް ބުންޏެވެ.
ބީއެމްއެލްއަށް 2024 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 2.2 ބިލިއަން ރުފިޔާ އެވެ. އެހެންވެ، މިދިޔަ އަހަރު ބޭންކްގެ ފައިދާ ވަނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އިތުރުވެފައެވެ.
މިދިޔަ އަހަރު އެ ބޭންކަށް އާމްދަނީގެ ގޮތުގައި 5.7 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 900 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވި އިރު އެ ބޭންކުގެ ހަރަދު ވެސް މިދިޔަ އަހަރު އިތުރެވެ. މިދިޔަ އަހަރު ހިންގުމުގެ ހަރަދަށް އެބޭންކުން އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެ ބޭންކުން އޭގެ ކުރީ އަހަރު ހިންގުމުގެ ހަރަދަށް ހޭދަކުރީ 764 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު 30،000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ 16 ޕަސެންޓް އިތުރުވި އެވެ.



