މައުލޫމާތާއި ވަސީލަތްތައް ހިއްސާކުރުމުގެ އެއްބަސްވުމެއްގައި އިސްލާމުކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް(ޢައިޔޫއެމް) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ(އެމްޓީސީސީ) އާ ދެމެދު ސޮއިކޮށްފި އެވެ.
މިއަދު މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އައިޔޫއެމްއާއި އެމްޓީސީއާ ދެމެދު ތައުލީމާއި ތަޖުރިބާ ހިއްސާކުރެވިގެންދާނެއެވެ. އެގޮތުން ދެތަނުގެ މައުލޫމާތާއި ވަސީލަތްތައް ހިއްސާކުރުމަށް ފުރުސަތުލިބިގެންދާނެއެވެ. އަދި ހުނަރުދަށްކޮށްދިނުމަށް އެއްބާރުލުންދިނުމުގެ އިތުރުން ދިރާސާތައްކުރުމުގެ ދެތަނުން ގުޅިގެން މަސައްކަތްތަކެއް ކުރުމަށްވެސް އެއްބަސްވުމުގައި ވެއެވެ.




