ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި ދަރިވަރުންގެ ސަލާމަތާ ރައްކާތަރެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ސަރުކާރުން ނުހަނު ގާތުން ބަލަމުންދާކަމަށެވެ.
ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތައް އަޅަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ސަރަޙައްދުގެ މަޝްރަޙައް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ކަމާގުޅޭ އެކި އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމުދޭ މަރުކަޒުތަކާއި ގުޅިގެން، ހާލަތުގެ މަޢުލޫމާތު އޮޅުންފިލުވާ ފޯރުކޮށްދެމުންދާކަމަށާއި މި ނާޒުކު ދަނޑިވަޅުގައިވެސް، ދަރިވަރުންގެ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށެވެ.



