އެސްޓީއޯ ހެލްތުކެއާގެ ފަރާތުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓް ފޯރުކޮށްދީ ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެންމެ ފަހުގެ ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމެއް ހުޅުމާލޭ ހޮސްޕިޓަލަށް ފޯރުކޮށްދީފިއެވެ.
އެސްޓީއޯ އިން ބުނިގޮތުގައި، ޖީ.އީ ހެލްތްކެއަރ ބްރޭންޑުގެ ވިވިޑް އީ95 ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމް ތަޢާރަފުކުރެވިގެން ދިޔައީ، 22 ފެބްރުއަރީ 2026 ގައި ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށް ދިޔަ އެޕްލިކޭޝަން ޓްރެއިނިންގ ސެޝަނަކާއި ވެސް އެއްކޮށެވެ.
މި ސެޝަނުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސިއްޙީ މާހިރުންގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަންދޫބުން ވެސް ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރޭގައި ކާޑިއެކް އިމޭޖިންގ ޚިދުމަތްތައް ތަރައްޤީކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތެކެވެ.
އެސްޓީއޯ ހެލްތުކެއާއިން ތައާރަފްކުރި މި ސިސްޓަމަކީ މެޑިކަލް އިމޭޖިންގ އަދި ހެލްތުކެއާ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ޖީ.އީ ހެލްތުކެއާ އާއި އެސްޓީއޯ ހެލްތުކެއާގެ ޕާޓްނަރޝިޕްގެ ދަށުން ފޯރުކޮށްދިން ސިސްޓަމެކެވެ.

ޖީ.އީ ވިވިޑް އީ95 އަކީ ހިތުގެ ބައިތަކާއި، މަސައްކަތްކުރާ ގޮތް، އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިންގ ސިސްޓަމެކެވެ. މި ސިސްޓަމުގައި ބޮޑެތި މީހުންނާއި، ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް ބޭނުންކުރެވޭނެ ޕްރޯބްތައް ހިމެނެއެވެ. މީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި، ހުރިހާ އުމުރުފުރައެއްގެ ބަލިމީހުންގެ ހިތުގެ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދިއުމާއި، ފަރުވާގެ ކަންކަމުގައި އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ. މީގެއިތުރުން ރާއްޖޭގައި މިފަދަ ޙާއްސަ ޚިދުމަތްތައް ލިބެން ހުރުމަކީ މުޢައްސަސާތަކުގެ ގާބިލުކަން އިތުރުވެ، ބޭރުގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމެއްކަމުގައި ގަބޫލުކުރެވެއެވެ.
އެސްޓީއޯ ހެލްތުކެއާގެ ފަރާތުން މެޝިން ފޯރުކޮށްދިނުމުގެ އިތުރުން، އިންސްޓޯލްކުރުމާއި، އެޕްލިކޭޝަން ޓްރެއިނިންގ ދިނުމާއި މެދުނުކެނޑި ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ.
މީގެ އިތުރުން ވޮރެންޓީއަދި އާފްޓަރ-ސޭލްސް ސާވިސް ސަޕޯޓް ތަމްރީނު ލިބިފައިވާ އެސްޓީއޯގެ ބަޔޯމެޑިކަލް އިންޖިނިއަރުން، ކްލިނިކަލް އެޕްލިކޭޝަން ސްޕެޝަލިސްޓުން ފޯރުކޮށްދެނީ ކަމުގެ ފަންނީ މާހިރުންނާއި ގުޅިގެންނެވެ. މީގެ މަޤުސަދަކީ ސިއްޙީ ޚިދުމަތްތެރިންނަށް މި ސިސްޓަމް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭނެކަން ކަށަވަރުކުރުމެވެ. އަދި މި ތަކެތި ގިނަ ދުވަހު ބޭނުންކުރެވޭނެކަމާއި އޮޕަރޭޝަނަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކުރުމެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ޖީ.އީ ވިވިޑް އީ95 ސިސްޓަމް ޤާއިމުކޮށް ޚިދުމަތްދޭން ފެށުމަކީ، ރާއްޖޭގެ ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްގީކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ގުޅިގެންކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އަދި ކާޑިއެކް، ޕީޑިއަޓްރިކް އަދި ނިއޯނޭޓަލް ޑައިގްނޯސްޓިކް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.




