މާލޭ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ކުރާ ދަތުރުތަކަށް ފީގެ ގޮތުގައި،ނެގޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން އަލުން ކަނޑައަޅައިފި އެވެ.
ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރު ކުރެވޭ އަގުތައް ކަނޑައަޅައި ދަތުރަށް ނެގޭނެ ފީގެ އަދަދު އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ، އޭގައި 6 ސީޓް އަށްވުރެ ދަށުގެ އުޅަނދު ގެ ދަތުރުތަކާއި، 10-7 ސީޓް ދެމެދުގެ އުޅަނދުތަކުގެ ދަތުރުތަކަށް ނަގާ ފީ ވަކި ވަކިން ބަޔާންކޮށްފައި ވެއެވެ.
6 ސީޓަށް ވުރެ ދަށް އުޅަނދުތަކުގެ ޓެކްސީ އަގުތައް:
- ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް): 30ރ.
- މާލެ އިން ހުޅުމާލެ ފޭސް 1 އަށް: 85ރ،
- މާލެ އިން ހުޅުމާލެ ފޭސް 2 އަށް: 100ރ،
- މާލެ އިން އެއާޕޯޓަށް: 70ރ.
- ހުޅުމާލެ 2 އިން މާލެ އަށް: 100ރ.
- ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް: 40ރ.
- ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް: 85ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް: 70ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް: 80ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް: 85ރ.
10-7 ސީޓުގެ އުޅަނދުތަކަށް ކަނޑައެޅި އަގުތައް:
- ޒޯން އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު): 45ރ.
- މާލެއިން ހުޅުމާލެ އެއްވަނަ ފިޔަވައްސަށް (ފޭސް ވަން): 130ރ.
- މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް (ފޭސް ޓޫ): 150ރ.
- މާލެއިން އެއާޕޯޓަށް: 110ރ.
- ހުޅުމާލޭ ފޭސް ވަން އިން ފޭސް ޓޫ އަށް: 60ރ.
- ހުޅުމާލޭ ފޭސް ވަން އިން އެއާޕޯޓަށް: 125ރ.
- ހުޅުމާލެ ފޭސް ޓޫ އިން އެއާޕޯޓަށް: 155ރ.
މާލެއިން ނުވަތަ ހުޅުމާލެއިން ވިޔަސް އެއާޕޯޓަށް ކުރާ ދަތުރުގައި ޑޮމެސްޓިކް ޓާމިނަލަށް ދާނަމަ މިހާރު ކަނޑައަޅާފައިވާ އަގުގެ އިތުރުން 10 ރުފިޔާ ނެގުމަށާއި، ޓެކްސީއަށް އަރުވާ ލަގޭޖްގެ އަދަދު ތިން ލަގެޖަށް ވުރެ އިތުރުވާނަމަ ކޮންމެ ލަގޭޖަކަށް 5 ރުފިޔާ ނެގުމުގެ ހުއްދަވެސް ޓެކްސީތަކަށް ދީފައި ވެއެވެ.
އަލަށް ކަނޑައެޅި އަގުތަކަށް ނަގަން ފެށޭނީ މި މަހުގެ 20 އިން ފެށިގެން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.




