އެމެރިކާގެ ތިން ފައިޓާ ޖެޓެއް، ކުވައިތުގެ ދިފާއީ ބާރުން އޮޅިގެން ދިން ބަޑީގެ ހަމަލާއެއްްގައި ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ މިރޭ ބުނެފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާގޮތުގައި ކުވައިތުގެ ވައިގެ ދިފާއީ ބާރުތަކުން އޮޅިގެން ވައްޓާލީ އެފް-15އީ ސްޓްރައިކް އީގަލް މަރުކާގެ ބޯޓުތަކެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަނގުރާމައިގެ ތެރޭގައި ކުވައިތުގެ ވައިގެ ދިފާއީ ބާރުތަކުން އެމެރިކާގެ އެއާ ފޯސްގެ ފައިޓާ ޖެޓްތައް ވައްޓާލާފައިވާ ކަމަށެވެ.
އެ ހަ ޕައިލެޓުން ވެސް މިހާރު ވަނީ ރައްކާތެރިކަމާ އެކު ސަލާމަތްވެފައި ކަމަށާއި ކުވައިތުން އެ ހާދިސާ ބަލައިގަނެ، ކުވައިތުގެ ދިފާއީ ބާރުގެ ފަރާތުން މި އޮޕަރޭޝަނަށް ވެދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ބުންޏެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ސެންޓްކޮމް އިން ބުންޏެވެ.




