ވަކި މުއްދަތެއް ނެތި މުޅި އަހަރުތެރޭގައި ސްޓޫޑެންޓް ލޯނަށް އެދި ހުށަހަޅޭ ގޮތަށް ބަދަލުކޮށްފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިކަމާ ބެހޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިސާޅުވީ، ވަކި މުއްދަތެއްގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް އެދި ހުށަހަޅަން ހުޅުވާލާތީ ދަރިވަރުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އެހެންކަމުން މިއަހަރު ލޯނު ސްކީމަށް ހުޅުވާލާއިރު މުހިންމު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި ހުށަހަޅަން ޖެހޭ ލިޔުންތަކަށްވެސް ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މިއަހަރު ލޯނު ސްކީމަށް ހުޅުވާލާއިރު މުހިންމު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި ހުށަހަޅަން ޖެހޭ ލިޔުންތަކަށްވެސް ބަދަލު އަންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މިފަހަރު ލޯނަށް ހުޅުވާލާއިރު އެޕްލިކޭޝަން ޑެޑްލައިނެއް ނުބާއްވާ ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލެވިފައި އޮންނާނެ“ މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ވަކި މުއްދަތެއް އޮންނާތީ ދަރިވަރުންނަށް ލޯނަށް އެދުމުގެ ފުރުސަތު ގެއްލޭ ކަމަށެވެ. އެހެންކަމުން މިބަދަލާއެކު ލޯނަށް އެދުމަށް ފަސޭހަވެގެން ދާނެ ކަމަށާއި، ލިޔެކިޔުން ހަމަޔަށް ހުށަހަޅާ ދަރިވަރުންނަށް ލޯނު ދޫކުރުން އަވަސް ވެގެން ދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.




