އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަން އޮތް ނަމަވެސް، ގޯތި ލިބޭ ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 1 ވަނަ ދުވަހު ގެޒެޓު ކުރި އުސޫލާ އެއްގޮތަށް، ”ގޯތި-ގެދޮރުގެ“ ނަމުގައި ކުރިއަށް ގެންދާ ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބާންޑާރަ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
އަންނަ މަހުގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާއިރު ފޯމު ހުށަހަޅަން ޖެހެނީ ”ބޯހިޔާވަހިކަން ޕޯޓަލް“ މެދުވެރިކޮށެވެ.
އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަން އޮތް ނަމަވެސް، ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލަން ނިންމީގޯތި ދެދޮރުގެ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.




