މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތީރިޓީ (މީރާ) އަށް މިދިޔަ ފެބްރުއަރީގައި 2.8 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މިއީ މީރާއިން ފެބްރުއަރީގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ %11.6 ދަށް އަދަދެކެވެ.
މީރާއިން ފާހަގަކުރި ގޮތުގައި މިއަދަދަށް ފައިސާ ލިބުނީ ޖީއެސްޓީ، އެއާޕޯޓް ޓެކްސްތަކާއި ފީތައް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ދަށްވުމުންނާއި ޓެކްސްގެ ސުންގަޑިތައް ރަސްމީ ބަންދަކާ ދިމާވެ، ސުންގަޑި މި މަހަށް އިތުރުކޮށްދިނުމުންނެވެ.
މީރާގެ އާމްދަނީ ތަފާސްހިސާބު:
° ޖީއެސްޓީ – 1.4 ބިލިއަން ރުފިޔާ (%52.3)
° އިންކަމް ޓެކްސް – 599 މިލިއަން ރުފިޔާ (%21.4)
° ގްރީން ޓެކްސް – 200 މިލިއަން ރުފިޔާ (%7.2)
° ޑިޕާޗާ ޓެކްސް – 134 މިލިއަން ރުފިޔާ (%4.8)
° އެއާޕޯޓް ޑިވެލޮޕްމަންޓް ފީ – 113 މިލިއަން ރުފިޔާ (%4)
° ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ – 91 މިލިއަން ރުފިޔާ (%3.3)
މީރާއަށް ބަލައިގަތް ޖުމްލަ ފައިސާގެ ތެރޭގައި 126.85 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ.



