ޕިއްޒާއަކީ ހަމަގައިމުވެސް މިހާރު އައު އެއްޗަކަށް ނުވާނެއެވެ. ކޮންމެ އާއިލާއެއް ވެސް ޕިއްޒާއެއް ގެނެސްގެން ކާނެކަން ޔަގީނެވެ.
އެހެންކަމުން މިފަހަރު މިކިޔައިދެނީ ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ޗިކަން ޕިއްޒާ ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެވެ.
ބޭނުންވާނެ ތަކެތި:
▪︎ 1 ޕިއްޒާ ބްރެޑް
▪︎ 1 1/2 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފަ)
▪︎ 1/2 ޖޯޑު ޗިލީ އެންޑް ގާރލިކް ސޯސް
▪︎ 1/2 ޖޯޑު ޓޮމާޓޯ ސޯސް
▪︎ 1/2ސައި ސަމުސާާ މުގުރި އަސޭމިރުސް
▪︎ 2 ޓޮމާޓޯ ފޮތި ފޮތި ފޮތި ކޮށްފައި
▪︎ 1/2 ޖޯޑު ޕީލްޑް ޓޮމާޓޯ
▪︎ 2 ފިޔާ (ހިމުން ކޮށާފަ)
▪︎ 2 ލޮނުމެދު (ގާނާފަ)
▪︎ 1 1/2 ޖޯޑު މޮޒޮރެއްލާ ޗީޒް (ގާނާފަ)
▪︎ 2 ކެޕްސިކަމް (ކަރުނަގާ ކުދި ކުދިކޮށް ކޮށާފަ)
▪︎ 1 ޗިކަން ކިއުބް
▪︎ ލޮނު
▪︎ ބަޓަރ
▪︎ ބޭނުމިއްޔާ ކުޑަ ގިތެޔޮމިރުސް ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
° އަވަހަށް ރޯ ފިލުވުމަށްޓަކައި ފުރަތަމަ ކުކުޅުކޮޅު ހޫނުފެނުގައި 10 ވަރަކަށް މިނެޓު ކައްކާލާށެވެ.
° ތަވައަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު ހޫނުވީމާ ފިޔާ، ކެޕްސިކަމް، ރޯފިލުވި ކުކުޅުކޮޅު، އަދި ލޮނުމެދުކޮޅު އަޅާފައި ފިޔާކޮޅު ރަތްވެ ކުކުޅުކޮޅުވެސް ކުޑަކޮށް ރާންކުލަ އަރަންދެން ދޭފަތުން ހަލުވަމުން ކައްކާލާށެވެ.
° ދެނެް އޭގެތެރެއަށް އަސޭމިރުސް ޕީލްޑް ޓޮމާޓޯ، ޗިކަން ކިއުބް، ޓޮމާޓޯ ސޯސް، ޗިލީ ސޯސް، އަޅާފައި މަސްގަނޑު ރަނގަޅަށް ކައްކާލާށެވެ.
° އެއަށްފަހު ލޮނު ހެޔޮވަރު ކޮށްފައި އުނދުން މަތިން ބާލާށެވެ.
° ޕިއްޒާ ބްރެޑް މަތީގައި ބަޓަރކޮޅެއް ހާކާފައި މަސްގަނޑު ފަތުރާލުމަށްފަހު މަސްގަނޑު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާފައި މައްޗަށް މޮޒަރެއްލާ ޗީޒްކޮޅުވެސް އަޅާލާށެވެ.
° ދެން އަވަނަށްލައި، 10 ވަރަކަށް މިނެޓު ފިހެލާށެވެ.




