އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ.
1447 ވަނަ އަހަރު މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މާލެގައި ހުންނަ ސެންޓަރ ފޮރ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ.
އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މި ހިނގާ މާރިޗް މަހުގެ 14 ވާ ހޮނިހިރު ދުވަހު ހުޅުވާލާނެއެވެ. އަދި މިމަހުގެ 15، 16 އަދި 18 ވަނަ ދުވަހުވެސް ގޮވާމުން ފިޠުރު ޒަކާތް ދެއްކޭނެއެވެ.
އެގޮތުން މިމަހުގެ 14ވަނަ ދުވަހާއި 15 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެއެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެއެވެ. އަދި މި ދެދުވަހު 13:00 އިން 15:00 އަށްވެސް ޒަކާތް ދެއްކޭނެއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ:
° އާދައިގެ ހަނޑޫ
° ތައިލެންޑް ހަނޑޫ
° ބާސްމަތީ ހަނޑޫ
° ރަތް ހަނޑޫ
° ގޮދަން ފުށް
° އާޓާ ފުށް
ފިޠުރު ޒަކާތުގެގޮތުގައި ދައްކާނީ އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.



