މި މާތްވެގެންވާ ރޯދަމަހު އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ މަސްޖިދުލް އަޤްސާ ބަންދުކުރުމުން، ދިވެހި ސަރުކާރުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޔަހޫދީ އިޒްރޭލު ޖަވާބުދާރީ ކުރުވަން ގޮވާލައިފިއެވެ.
ކޮންމެ ރޯދަމަހަކު ވެސް އިޒްރޭލުން އަޤްސާ މިސްކިތައް ވަދެ، އެތަނުގެ ހުރުމަތް ކަނޑާލުމުގެ ގޮތުން ލަވަ ކިޔައި ނަށާ އެތަން ބަންދުވެސް ކޮށް ހަދައެވެ. މި ރޯދަ މަހުވެސް ޔަހޫދީން ވަނީ އެފަދައިން އަމަލު ކޮށްފައެވެ.
އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މާތްވެގެންވާ ރޯދަމަހު ފަލަސްތީނުގެ މުސްލިމުން އިސްލާމުންގެ އެންމެ މާތް އެ ބިމަށް ވަނަނުދީ ބަންދުކުރުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުން ކަމަށެވެ. އެއީ، އަޤްސާ މިސްކިތުގެ މުޤައްދަސްކަމާއި މަތިވެރިކަމަށް ބުރޫއަރުވައި، ރުޅިވެރިކަން އުފައްދަން ކުރާ ކަމެއްގެ ގޮތުގައި ވެސް ރާއްޖެއިން ވަނީ ސިފަކޮށްފައެވެ.
އެހެންވެ، އިޒްރޭލުން އިންސާނީ ހައްގުތައް ނަގާލައި، މުސްލިމުންގެ އެ މާތް ބިމުގެ މުޤައްދަސްކަން ގެއްލުވާލަން ކުރާ މަސައްކަތް ހުއްޓުވައި، އިޒްރޭލު ޖަވާބުދާރީކުރުވަން ރާއްޖޭން ގޮވާލައި ގޮވާލުން މި ބަޔާނުގައި ވެސް ވަނީ ތަކުރާރުކޮށްފައެވެ.
މަސްޖިދުލް އަޤްސާއަކީ ފުރަތަމަ ޤިބްލައެވެ. އެ މުޤައްދަސް ވެގެންވާ މާތް ބިމެކެވެ.



