މި ރަމަޟާން މަހު އުމްރާގެ މާތް އަޅުކަން ކުރަން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ދެންމެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ނިޔާވެފައިވަނީ ހިޖާޒު ކުންފުނިން އުމްރާއަށް ދިޔަ ގދ. ނަޑެއްލާ / އަލީ އިބްރާހީމް ދީދީ ކަމަށެވެ.
އޭނާގެ ޖަނާޒާ މާތް ވެގެންވާ ޙަރަމްފުޅުގައި މިރޭ ފަތިސްނަމާދަށްފަހު އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ރަމަޟާންމަހުގެ ފަހު 15ގައި އުމްރާގެ އަޅުކަމަށް ރާއްޖެއިން 2000 އަށްވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާ ކަަމަށާއި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓަރ ޝަހީމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.




