ފުލުހުންގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ އެދެ މީހުން ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ހާޒިރުވާންވާން އެންގި ދެ ފަރާތް:
- އީސާ ވަސީމް / ކ. ކާށިދޫ، ރިވެލި (36އ)
- މުހައްމަދު އިސްމާއީލް / ކ. ތުލުސްދޫ، ބްލޫވޭލް (47އ)
ފުލުހުން އެމީހުން ހޯދަނީ، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ. އަދި އެދެ މީހުން މިމަހުގެ23 ވަނަ ދުވަހުގެ12:00 އަށް ސަރޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ހާޒިރުވުމަށް ފުލުހުންވަނީ އާންމުކޮށް އަންގައި އިއުލާނުކޮށްފަ އެވެ.



