ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 36 އަހަރުގެ އެމް.ޑީ ސޮހަބް މިއަގެ މައްޗަށެވެ.
މި މައްސަލަ ފެންމަތިވީ 2024 ޖޫން 28 ގައި ޔޫ.އެސް ބަންގްލާ އެއާލައިންސްގެ ފްލައިޓަކުން އޭނާ ރާއްޖެ އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި ޗެކްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ތަހުލީލު ކުރިއިރު، އެއީ 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ފުލުހުންގެ ތަހުޤީގަށް ވަނީ ކަށަވަރުވެފައެވެ.
މައްސަލަ ފެންމަތިވީ 2024 ޖޫން 28 ގައި ޔޫ.އެސް ބަންގްލާ އެއާލައިންސްގެ ފްލައިޓަކުން އޭނާ ރާއްޖެ އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި ޗެކްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ތަހުލީލު ކުރިއިރު، އެއީ 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ފުލުހުންގެ ތަހުޤީގަށް ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ބޭނުންވާ ހެކިތަކާއި، ތަހުލީލު ރިޕޯޓުތަކުގެ އިތުރުން އޮފިސަރުންގެ ބަޔާންތައް ވެސް ކޯޓަށް ހުށަހަޅާފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ ކުރީ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ކުށުގައެވެ.



