ކައްކާ ގޭހުގެ އިތުރު ޝިޕްމަންޓެއް އަންނަ ހުކުރު ދުވަހު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހަށް ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ވަނީ ތެލާއި ގޭހުގެ އަގު މަތިވެ، އެތަކެތި ލިބުމުގައި ދަތިކަން ވެސް ފޯރަން ފަށާފައެވެ.
މިކަމާ ގުޅިގެން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގޭހުގެ ޑިމާންޑު މާ ބޮޑަށް މި ދުވަސްވަރު އިތުރުވެ، ގޭސް ވިއްކުން ލިިމިޓް ކުރިކަމުގައިވިޔަސް، އިތުރު ޝިޕްމަންޓެއް ހުކުރު ދުވަހު ރާއްޖެ ގެންނާނެ ކަމަށެވެ.
ގޭހުގެ ޑިމާންޑު ބޮޑުތަނުން އުފުލުމާ ގުޅިގެން މި ހަފުތާގައި 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި މޯލްޑިވް ގޭހުން ވިއްކަނީ ފަސް ކިލޯގެ ގޭސް ފުޅިއެވެ.
މިދިޔަ މަހު ވެސް އެސްޓީއޯ އިން ވަނީ 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ހަތް ކިލޯގެ ގޭސްފުޅި ވިއްކާފައެވެ. އެކަމަކު މި ރޯދަމަހާ ދިމާކޮށް އާ ޝިޕްމެންޓެއް ގެނެސް ކުރީގައި ވިއްކަމުން އައި ގޮތަށް 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފެށިއެވެ.




