ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް އޭޖެންސީ ކަމަށްވާ އަލް ޖަޒީރާގެ އެންމެ ފުރަތަމަ ޚަބަރު ބުލެޓިން ކިޔައިދިން ފަލަސްތީނުގެ ނޫސްވެރިޔާ ޖަމާލް ރައްޔާން އިއްޔެ ނިޔާވެއްޖެއެވެ.
އުމުރުން 73 އަހަރުގައި ޖަމާލް ނިޔާވީ ޤަތަރުގެ ވެރި ރަށް ދޯހާގައެވެ.
ޖަމާލް ރައްޔާންއަކީ 1996 ވަނަ އަހަރު އަލްޖަޒީރާގެ އަރަބި ޗެނަލް އިފްތިތާހުކުރި އިރު، އެންމެ ފުރަތަމަ ސްކްރީނުން ފެނުނު ނޫސް ރިޕޯޓަރެވެ.
ފާއިތުވީ 30 އަހަރު ދުވަހު އެ ނެޓްވޯކުގައި މަސައްކަތް ކުރި ޖަމާލް ވަނީ މެދުއިރުމަތީގެ ޚަބަރުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މުހިންމު ޚަބަރުތައް ވެސް ގެނެސްދީފައެވެ.
މީގެއިތުރުން އޭނާ ވަނީ އުރުދުންގެ ރޭޑިއޯ އަދި ޓީވީ، ބީބީސީ އަރަބި އަދި ކޮރެއާގެ ބްރޯޑްކާސްޓިން ކޯޕަރޭޝަންގައި ވެސް މަސައްކަތް ކޮށްފައެވެ.
ޖަމާލް ނިޔާވުމާ ގުޅިގެން އަލްޖަޒީރާގެ ގިނަ ނޫސްވެރިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން ވަނީ ތައުޒިޔާ ކިޔައިފައެވެ.



