ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ވޭނަކުން އިއްޔެ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އަދި ފެނިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލޭ ފޭސް-1 ގެ ސަހަރާ ކުރިމަތީމަގުގައި ޕާކްކޮށްފައި އޮތް ޕްރައިވެޓް ކުންފުންޏެއްގެ ވޭނެއްގެ ތެރެއިން އިއްޔެ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ މަރުގެ ތަހުގީގު މިހާރު ކުރަމުން އަންނައިރު، އޭނާގެ މަރުގައި ތުހުމަތު ކުރެވޭފަދަ އެއްވެސް ކަމެއް މިހާތަނަށް ފާހަނގަކުރެވިފައި ނުވާކަމަށެވެ. އަދި އެމީހާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތްތަކާމެދު އޭނާގެ އާއިލާއާއި މުއާމަލާތްކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.



