އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:57 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު ނިޔާވެފައިވާއިރު، ހާލު ސީރިއަސްވެގެން މާލެ ގެނައި ދެ ބިދޭސީންގެ ތެރެއިން އެކަކުގެ ހަށިގަނޑުގެ %24 ފިހި، ދެވަނަ މީހާގެ ހަށިގަނޑުން %17 ފިހިފައިވާކަން ހާމަވެއްޖެއެވެ.
މި ހާދިސާގައި ހަތް މީހަކު ހަމަ އެ ރޭ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އޭގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ.
އަނެއް ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް ވަނޛ މާލެ ގެނެސްފައެވެ. މި ދެ މީހުންގެ ތެރެއިން އެކުގެ އުމުރަކީ 40 އަހަރެވެ. އަނެކަކުގެ އުމަރަކީ 27 އަހަރެވެ.
އައިޖީއެމްއެޗުން އިއްޔެ ބުނީ އެ ދެ މީހުންނަށް އަދިވެސް ފަރުވާދެމުންދަނީ ސީރިއަސް ހާލަތުގައި ވެންޓިލޭޓަރުގައި ކަމަށެވެ.
އެ ދެ މީހުންނަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ، ފުއްޕާމެއަށް ގެންލުވެފައިވާ ކަމަށާއި ދެ މީހުންގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
މިހާތަނަށް ބެލެވޭ ގޮތުގައި، އެ ހާދިސާ ހިނގީ ކައްކަން އުޅުމުގެ ތެރެއިން ގޭސް ލީކުވެގެން ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އޭރު އޭގެ ތެރެއިން ބައެއް މީހުން ތިބީ ނިދާފައި ކަމަށްވެއެވެ.




