ފައިސާގެ މުއާމަލާތް ކުރާނެ ވިސްނުންތެރި ގޮތްތަކާ ބެހޭގޮތުން ޅަފުރައިގެ ކުދިން ހޭލުންތެރިކޮށް އަގުހުރި މައުލޫމާތުތަކެއް ދިނުމަށް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން ޚާއްސަ ޕްރޮގްރާމެއް ބާއްވަން ހަމަޖައްސައިފިއެވެ.
”ސްމާޓް މަނީ ޓޯކްސް“ ގެ ނަމުގައި އެމްއެމްއޭ އިން ކުރިއަށްގެންދާ ޕްރޮގްރާމް އޮތީ މާދަމާ ހެނދުނު 11:00 އިން މެންދުރު 12:00 އާ ހަމައަށެވެ.

މަލިކާ ހޯސްޓު ކުރާ މި ޕްރޮގްރާމުގައި ސެޝަން ނަގައިދެނީ ފައިނޭންޝަލް ކަންތައްތަކުގެ މާހިރެއް ކަމަށްވާ ރިޒާ އެވެ.

މުޅިއަކު 50 ކުދިންނަށް ބައިވެރިވެވޭ މި ޕްރޮގްރާމުގައި، މުސްތަގުބަލުގައި ފައިސާ ގެންގުޅެވޭނެ ފައިދާހުރި ގޮތްތަކެއް ކިޔައިދިނުމުގެ އިތުރުން، އެމްއެމްއޭގެ އެތެރޭގެ ޓުއާއެއް ދިނުމާއި، ފައިސާއާއި އިޤްތިސާދާ ބެހޭގޮތުން ސުވާލު ކުރަން ފުރުސަތު ދިނުމުގެ އިތުރުން ވަރަށް ޚާއްސަ ސައިޕްރައިޒެއް ވެސް ޕްރޮފްރާމުގައި ބައިވެރިވާ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވެނީ ގްރޭޑް 5 އިން 12 އާ ދެމެދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް މި ލިންކުން ފޯމު ފުރޭނެއެވެ.



