ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި އޮތް މީހެެއްެގެ ހަށިގަނޑު ފުުހުންނަށް ފެނިފައިވަނީ މިދިޔަ ހޯމަދުވަހު އެވެ. މަރުވެފައި އޮއްވާ ފެނުނީ އުމުރުން 30 އަަހަރުގެ ދިވެހި ފިރިހެއްނެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންނަމަވެސް އޭނާއާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އޭނާގެ މަރުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހެދުމަށް ނިންމާފައިވާކަމަށެވެ. އަދި މިއަދު ބުނެފައިވަނީ އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ.
އެމީހާ މަރުވެފައި އޮތް އެޕާޓްމެންޓަކީ މީހުން ދިރިއުޅޭ ތަނެއް ނޫންކަން ފުލުހުން މީގެ ކުރިން ބުނެފައި ވެއެވެ.ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




