މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާއި މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން މިރޭ އިއުލާނުކޮށްފިއެވެ.
ޝައްވާލް މަހުގެ ހަނދާއި ގުޅޭގޮތުން ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހިޖްރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޝާން މަހުގެ 29 ވީ ބުދަ ދުވަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެނިފައިވާކަން ސާބިތުވެފައި ނުވާ ކަމަށެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކަށް 1446 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ފެނިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މާދަމާއަކީ މިއަހަރުގެ ރޯދަމަހުގެ 30 ވަނަ ދުވަސްކަމަށާއި މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސްކަމަށް ހަނދު ސާބިތުކުރުމަށް އިއްވިި ގަރާރުގައިވެއެވެ.
މި އަހަރުގެ ރަމަޟާން މަސް ފެށިފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. އެހެންކަމުން މިއަހަރު ވެފައި މިވަނީ 30 ރޯދަ ހަމަވި އަހަރަކަށެވެ.



