މާލޭގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުން އެބަދެއެވެ.
އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު މަގުގައި ހުރި ޕްރައިމް ގުދަނުގައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެެގެން ފަޔަރ އެންޑް ރެސްކިޔު ސާވިސަސް (އެފްއާރްއެސް) އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާން ނިއްވާލުމަށް އެފްއާރްއެސްއާއި ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިދުވަސްކޮޅު އަލިފާނުގެ ހާދިސާތައް ގިނަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އެގޮތުން މާފަންނު ގުދަނެއްގައި މިވަގުތު އަލިފާން ރޯވެފައިވާއިރު، މިއަދު ހެނދުނު ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގެއެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
މީގެއިތުރުން ހުޅުމާލޭގެ ގެއެއްގައި ވެސް އިއްޔެ އިރުއޮއްސުނު ވަގުތު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި އދ. ދިގުރަށުގައި ހުރި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި މިމަހުގެ 13 ވަނަ ދުވަހު ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއެއްގައި، 5 ބިދޭސީއަކު ވަނީ ނިޔާވެސް ވެފައެވެ.




