އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށި ފަހުން މިހާތަނަށް 148 ދަތުރުކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީންް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ އެއާ އެމްބިއުލާންސްގައި މިއަދާއި ހަމައަށް އެއާ އެމްބިއުލާންސްގެ 148 ދަތުރުކޮށްފައިވާކަމަށެވެ. އަދި، މީގެތެރެއިން ހަތަރު ދަތުރުކޮށްފައިވަނީ ސީ އެމްބިއުލާންސްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޚަލީލު ވިދާޅުވީ، ބައެއް ދަތުރުތަކުގައި ދެމީހުންނަށް ވުރެ ގިނަ ބަލި މީހުން އުފުލާފައިވާކަމަށާއި، ހުރިހައި ދަތުރުތަކަށް ބަލާއިރު، މިއަދާ ހަމަޔަށް ޖުމްލަ 192 ބަލި މީހުން އުފުލާފައިވާ ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީ މިދިޔަ މާޗް މަހުގެ 1 ގައެވެ. އަދި، އެއާ އެމްްބިއުލާންސްގެ ޚިދުމަތަށް ސީ ޕްލޭން ބޭނުންކުރަން ފެށީ މޭ މަހުގެ 15 ވަނަ ދުވަހު އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ކުއްލި ހާލަތުގައި ބަލިމީހުން އެއް ތަނުން އަނެއް އުފުލުމަށް،އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް، އެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން ބުނެފައިވަނީ އެއާ އެމްބިއުލާންސްގެ ޚިދުމަތަށް ހެލިކޮޕްޓަރުވެސް އިތުރުކުރާނެކަމަށެވެ.
މީގެ ކުރިން ކުއްލި ހާލަތުގައި ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކޮށްފައިވަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކެވެ. އެހެންނަމަވެސް މިހާރު އެ އުޅަނދުތައް ބޭނުންކުރުން ވަނީ ހުއްޓާލާފަ އެވެ. އެ އުޅަނދުތައް އޮަޕަރޭޓްކުރަން އިންޑިއާގެ މަދަނީ ތަޖުރިބާކާރުން މިހާުރު ގެނެސްފައިވީނަމަވެސް، އެ އުޅަނދުތައް ބޭނުންކުރުމާމެދު ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.



