ސްޓެލްކޯގެ މުވައްޒަފެއްގެ ދަރިފުޅު ހޮސްޕިޓަލަށް ގެންދަން އެހީވި ސިފައިންގެ މީހާއަށް އެކުންފުނިން ޝުކުރު އަދާކޮށްފި އެވެ.
ސްޓެލްކޯއިން ބުނެފައިވަނީ، އެކުންފުނީގެ މުވައްޒަފެއްގެ ދަރިފުޅަށް ފިޓު ޖެހުމާއި ގުޅިގެން އަވަސްފަރުވާދީ، އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި އިންސާނިއްޔަތުކަމުގެ ނަމޫނާ މިސާލު ދެއްކެވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޯޕްރަލް މުޙައްމަދު ހިޝާމް އަޙުމަދަށް ކުންފުންޏާއި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ސާބަސްދީ ޝުކުރު އަދާކުރާ ކަމަށެވެ.
ސިފައިންގެ މީހާ ސްޓެލްކޯގް މުވައްޒަފުގެ ދަރިފުޅު ހޮސްޕޓަލަށް ގެންދަން އެހީތެރިވެފައިވަނީ، މި މަހުގެ އަށް ވަނަ ދުވަހުއެވެ. މި ހާދިސާ ގައި އެހީވި ސިފައިންގެ މީހާއަށް ޝުކުރު ދެންނެވުމުގެ ގޮތުން ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ، ދަރިފުޅު ފިޓު ޖެހުނުއިރު ގޭގައި ހުރީ އޭނާގެ އަންހެނުން އެކަނި ކަމަށެވެ. އަދި އަންހެންނުން ދަރިފުޅު ހޮސްޕިޓަލަށް ގެންދަން އުރާލައިގެން މަގުމަތީގައި ހުއްޓާ ސިފައިންގެ މީހާއަށް އެމަންޒަރު ފެނިގެން، އެމީހުން ކައިރިޔަށް ގޮސް ކުއްޖާ އޭޑީކޭ ހޮސްޕިޓަަލަށް ގެންދަން އެހީތެރިވިކަމަށެވެ.
ފައިމަގުގައި ކުއްޖާ ގޮވައިގެން ދުވެފައި ސިފައިންގެ މީހާ ހޮސްޕިޓަލަށް ދިޔަ ޚަބަރު ސޯޝަލް މީޑިއާގައި ކުއްޖާގެ ބައްޕަ ހިއްސާކުރުމުން ގިނަ ބަޔަކުވަނީ ސިފައިންގެ މިހާގެ އިންސާނިއްޔަތަށްޓަކައި އެ ކުރިކަމަށް ތައުރީފްކޮށްފަ އެވެ.




