ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމުގެ ގޮތުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.

އިއްޔެ ހަވީރު އެކަމަނާ ފުވައްމުލަކަށް ވަޑައިގަތުމުން އެރަށުގެ އެއާޕޯޓް ސަރަހައްދަށް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ، ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މެޑަމް ސާޖިދާގެ މި ކެމްޕޭން ދަތުރުފުޅުގައި އެކަމަނާ ދަނީ ފުވައްމުލަށް ސިޓީ ކައުންސިލަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއިއެކު ”ދޮެރުން ދޮރަށް‘ ހަރަކާތުގައި ބައިވެރިވަޑައިގަންނަވާ، ރައްޔިތުންގެ ހާލު ބައްލަވަމުންނެވެ.



ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމުގެ ގޮތުން މެޑަމް ސާޖިދާ ފައްޓަވައިފައިވާ މި ކެމްޕޭން ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެކަމަނާ އިއްޔެ ވަޑައިގަތީ ތިނަދޫ ސިޓީއަށެވެ. އަދި މިއަދު ކުރިޔަށް ގެންދަވާ ފުވައްމުލަކުގެ މި ދަތުރުފުޅު ނިންމާލުމަށްފަހު، ހަމަ މިއަދުގެ ވަގުތެއްގައި މެޑަމް ސާޖިދާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.




