މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅު ތަކަށެވެ. އެލާޓް ނެރެފައިވަނީ މެންދުރު 02:30އާ ހަމަޔަށެވެ.
ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ޔެލޯ އެލާޓް ނެރެފައިވާއިރު، އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ރާއްޖޭގެ އެހެން ސަރަަހައްދުތަށް މިހާރު އޮތީ 02:30 ވަންދެން ވައިޓް އެލާޓްގައެވެ. އަ ސަރަހައްދުތަކަށް 22 މޭލާއި 27 މޭލާ ދެމެދު ވައި ޖެހި، ކަނޑު ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ރާއްޖެއަށް ހުޅަނަގު މޫސުމުގެ ވިއްސާރަ މިހާރު ކުރަމުންދާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވެ، ޚާއްސަކޮށް ކަނޑު ދަތުުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީންވެސް ވަނީ ވިއްސާރައިގައި ގެދޮަރަށް ލިބިދާނެ ގެއްލުމަކަށް ވިސްނައި، ރާއްާތެރިކަމުގެ ފިޔަވަޅު ދުރާލާ އެޅުމަށް އިލްތިމާސްކޮށްފަ އެވެ.


