އަޟްހާ އީދާއި ގުޅިގެން ސަރުކާރުން ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްވަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ޚިދުމަތް ދޭނެގޮތްތައް ކަނޑައަޅައިފި އެވެ.
އަޟްހާ އީދަށް ސަރުކާރުން ވަނީ ޖޫން 16 އިން ފެށިގެން 20 ވަނަ ދުވަހާއި ހަމަޔަށް، ސަރުކާރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސާފަ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނީ ބަންދުދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން ޖޫން 18 ވަނަ ދުވަހު އެމްއެމްއޭއިން ޚިދުމަތް ދޭން ނިންމާފައިވާ ކަ މަށެވެ. އެގޮތުން އެދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 14:00 އާ ހަމަޔަށް އާންމުންނަށް ބޭންކިންގެ ޚިދުމަތް ދޭނެކަމަށެވެ. ފައިސާ ބލަައިގަތުމާއި ފައިސާ ދޫކުރުމުގެ އިތުރުން ހުޅުވާފައި ހުންނަ ގަޑިތަކުގައި ސިޓީއާއި ތަކެތިވެސް ބަލައިގަންނާނެކަމަށް އެމްއެމްއޭއިން ބުނެފައި ވެއެވެ.
އެމްއެމްއޭއިން ބުނީ، އެދުވަހު ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރުވެސް އެ ޚިދުމަތް ދެމުން ގެންދާ އުސޫލުން އެޕޮއިންޓްމަންޓް ދޫކޮށްގެން ކަމަށެވެ.



