މޯލްޑިވްސް އެސޯސިއޭޝަން ފޯ ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން އިންތިޒާމުކޮށްގެން ބާއްވާ ”ނޭޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2026“ އަންނަ އޭޕްރިލް މަހުގެ 11 އިން 12 އަށް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއީ މި ކޮންވެންޝަން ބާއްވާ ހަވަނަ ފަހަރެވެ. މިއަހަރުގެ ކޮންވެންޝަންގެ މައިގަނޑު ޝިއާރަކީ ”ހިއުމަން އެޖް: ތްރައިވިން އިން އަ ވޯލްޑް އޮފް އޭއައި“ ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔެއެއްގައި އިންސާނީ ބާރު ކުރިއެރުވުމެވެ.
މިއީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ޒަމާނެއްގައި، އިންސާނިއްޔަތުކަމަށް އިސްކަންދޭ ލީޑާޝިޕްގެ މުހިންމުކަން ހާމަކޮށްދިނުމުގެ މަގުސަދުގައި ކަނޑައަޅާފައިވާ ޝިއާރެކެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ދުނިޔޭގެ ވިޔަފާރިތަކުގެ ހިންގުމަށާއި މަސައްކަތްތެރިންގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ މުއައްސަސާތަކަށްވެސް ވަނީ މި ބަދަލުތަކާ ކުރިމަތިލާން ޖެހިފައެވެ. މި ކޮންވެންޝަންގެ ޒަރީއާއިން، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކުވެސް އިންސާނީ ވަސީލަތްތަކުގެ މުހިންމުކަން ދެމެހެއްޓުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް އެމްއޭއެޗްއާރުޕީއިން ބުނެއެވެ. ޚާއްސަކޮށް، ބަދަލުތަކަށް ހޭނުމާއި، މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމުގެ އިތުރުން، ލީޑާޝިޕްގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމަށް މި އަހަރުގެ ސެޝަންތަކުގައި އަލިއަޅުވާލާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
މިއަހަރުގެ ކޮންވެންޝަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ މާހިރުންތަކެއް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައިނަލްއަގުވާމީ ސްޕީކަރުން:
° ޑެބޮރާ ހެންލީ: ކީނޯޓް ސްޕީކަރު، ލިޔުންތެރިޔާ އަދި ހިއުމަން ސެންޓްރިކް ލީޑަޝިޕް ކޯޗު
° ސްކޮޓް ފްރީޑްމަން: ގްލޯބަލް ކީނޯޓް ސްޕީކަރު، ޗީފް ސެލެބްރޭޝަން އޮފިސަރު (ސްކޮޓް ފްރީޑްމަން އެންޑް އެސޯސިއޭޓްސް)
° ކަވިތާ ކަންނާ: ސީނިއާ އޭޝިއާ ޕެސިފިކް އެޑްވައިޒަރު (ވޯލްޑް ފެޑެރޭޝަން އޮފް ޕީޕަލް މެނޭޖްމަންޓް އެސޯސިއޭޝަންސް)
° ޑެނިއަލް ހިއާކެން: ސީ.އީ.އޯ، ގްލޯބަލް އެޗް.އާރް ޓެކް އަދި އޭ.އައި އެކްސްޕާޓް، ސްޕީކަރު
° ސޯނިއާ ޕިއޮންޓެކް: އެގްޒެކެޓިވް ކޯޗު، ގްލޯބަލް ކީނޯޓް ސްޕީކަރު، ލިޔުންތެރިޔާ
° ލަރީސާ މުރުމަން: ޗީފް އެޗް.އާރް އޮފިސަރު، ޑިޖިޓަލް އެޗް.އާރް ލީޑަރު
° ޑރ. ދާމިނީ ޗައުލާ: ގްލޯބަލް ކޮމިއުނިކޭޝަން ކޯޗު، ހިއުމަން ކަނެކްޝަން އެކްސްޕާޓް، ކީނޯޓް ސްޕީކަރު އަދި ލިޔުންތެރިޔާ
° ޕްރޮފެސަރު އަޖަންތާ ދަރުމަސިރީ: ޕްރޮފެސަރު، މެނޭޖްމަންޓް ތިންކަރ އަދި އޯގަނައިޒޭޝަނަލް ސްޓްރެޓެޖިސްޓް
° ޑރ. ސްވަޕްނާ ޗަގަންތީ: ޗީފް ލަރނިންގ އެޑްވައިޒަރު (ސިންގަޕޯ ލީޑާސް ނެޓްވޯކް)
ރާއްޖެއާއި ސަރަހައްދީ ސްޕީކަރުން:
° އިޔާޒް ވަހީދު: ގްރޯތު މައިންޑްސެޓް އެޑްވޮކޭޓް (ކުރިއެރުމުގެ ވިސްނުމަށް ވަކާލާތުކުރާ ފަރާތެއް)، ކީނޯޓް ސްޕީކަރު އަދި ކޯޗު
° މައީޝާ އާސިފް: ކޯޕަރޭޓް ޓްރެއިނަރު، ލީޑަޝިޕް އަދި ކޮމިއުނިކޭޝަން ކޯޗު
° ސާރާ މޮރެއްލޯ: ޑައިރެކްޓަރު އެޗް.އާރް، ޕީޕަލް އެންޑް ކަލްޗާ (ބޭންކިންގ ދާއިރާ)
° ޑރ. އޭންޕޯލް ވެމަގިރީ: އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް، ލަރނިންގ އެންޑް ޑިވެލޮޕްމަންޓް، ސެޓިފައިޑް ކޯޗު
° ރިޟާ އަލަޔާދު: އޭވިއޭޝަން އެންތޫސިއާސްޓް، ސްޕީކަރު އަދި ގްރޯތު ސްޓްރެޓެޖިސްޓް
° އައިޝަތު ޝަރީފް: މެނޭޖަރު، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް (މޯލްޑިވްސް ޕޮލިސް ސާވިސް)
° ކްޝަނިކާ ރަތުނަޔަކަ: ޗީފް އެގްޒެކެޓިވް އޮފިސަރު (ގްރޭޓް ޕްލޭސް ޓު ވޯކް، ސްރީލަންކާ)




