ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުގެ މުއިއްޒުގެ ޒައާމަތުގައި މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވައިފި އެވެ.
އެމަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ.
އެމަނިކުފާނުގެ މެސެޖުގައި، މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުތަކުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ އާބާދީއަޅާކިޔާއިރު ރަނގަޅު ފެންވަރެއްގެ ޚިދުމަތްތަކެއް ދެމުން އަންނަގައުމެކެވެ. މިޚިދުމަތްތައް އިތުރަށްތަރައްގީކޮށް،އެޚިދުމަތުގެތެރެއިން މާލީ މުއާމަލާތްތަތެއް ލުއިފަސޭހަގޮތެއްގައި ކުރެވޭނެ އިންތިޒާމުތައް ސަރުކާރުންދަނީ ކުރަމުންނެވެ.ވަކިންޚާއްސަކޮށް ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކުރަން މިސަރުކާރުންދަނީ ފިޔަވަޅުތައް އަޅަމުންނެވެ.



