ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި5 އަހަރުގެ ދައުރު ނިމިގެން ދާއިރު ވިލިމާލެ ވެގެންދާނީ ފުރުޞަތުތައް ފަހިވެފައިވާ ތަރައްޤީ ރަށަކަށް ކަމަށް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަޅާފައެވެ.
ބިންގާ އެޅުމުގެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ރައީސް މުޢިއްޒު ވިލިމާލޭގެ ރައްޔިތުންގެ ގާތަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އާއިލާތައް ބޮޑުވެގެންދާއިރު ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވަމުންދާ މައްސަލަ ކަމަށެވެ.
ލޯނު ނަގައިގެން ގެ ހަދާފައިވާއިރު ކުއްޔައް ދޭނެ ޖާގަ ނެތުމާއި އަދި ލިބޭ މުސާރައިން ލޯނު ދައްކަން ޖެހޭތީ އެކަމުގެ ދަތިކަމުގެ ވާހަކަ ރައީސްއާއި ޙިއްސާކޮށްފައިވާ ކަމަށް ހައުސިންގް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، މިކަމަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ތަހައްމަލް ކުރާ ހަމައެކަނި ދަތިކަންނޫން ކަމަށާއި ރަނގަޅު ސިއްހީ ފަރުވާގެ އިތުރުން ކިޔަވާ ކުދިން އޭލެވެލް ކިޔެވުމަށް ދާން ޖެހެނީ މާލެ ނުވަތަ ހުޅުމާލެއަށްކަން ވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ހަގީގަތް ބަދަލު ކުރުމަށް ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ރައީސް ބަދަލު ގެންނަވާފައިވާ ކަމަށެވެ.
އެގޮތުން ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލް އެޅުމާއި، މާލޭގެ އެހެން އަވަށްތަކެކޭ އެއްގޮތަށް ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުން އެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި، ވިލިމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެށިގެން ގޮސްފައިވާ ކަމަށް



